ފަހުގެ އަޕްޑޭޓްތައް

ހޯނޑެއްދޫގައި ފެންބޮޑުވުމުގެ ސަބަބުން ސާޓް އާއި ރައްޔިތުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް ފަށައިފި

Posted on: August 28, 2016

މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ހޯނޑެއްދޫގައި ފެންބޮޑުވުމުން ހޯނޑޭއްދޫ ކައުންސިލުގެ ކޮމިއުނިޓީ އެމަރޖެންސީ ރެސްޕޯންސް ޓީމް (ސާޓް) އާއި ރައްޔިތުން ގުޅިގެން ނިކުމެ ފެން ހިއްކުމުގެ މަސައްކަތް މިއަދު ހެނދުނު 6:00ގައި ފަށައިފިއެވެ. ރޭ 11:00 އިން ފެށިގެން ހޯނޑެއްދޫއަށް ކުރަމުންދާ މި ވިއްސާރާގައި ފެންބޮޑުވުމުގެ ސަބަބުން ގޭގެއަށާއި، ކެފޭ ރެސްޓޯރަންޓް ފަދަ ތަންތަނަށް ފެންވަދެ އެކި ވަރުގެ ގެއްލުންތައް ވެފައިވާ ކަމަށް ކައުންސިލަށްވަނީ ރިޕޯޓްކޮށްފައެވެ.

ހޯނޑެއްދޫ ކައުންސިލުގެ ސާޓް އާއި ރައްޔިތުން ގުޅިގެން ރަށުގެ 2 ސަރަހައްދެއްގައި ޕަމްޕް ބަހައްޓައިގެން ފެން ބޭރުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި މީގެ އިތުރުން، ކޯރު ކޮނެ އިތުރު 3 ސަރަހައްދަކުންވެސް ފެން ބޭރު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.