ފަހުގެ އަޕްޑޭޓްތައް

ކައުންސިލްގެ ތިންވަނަ ދައުރުގެ 06 ވަނަ އާންމު ބައްދަލުވުމުގެ އެޖެންޑާ

Posted on: July 13, 2017

ޖަލްސާ ބާއްވާތަން: ކައުންސިލްގެ އިދާރާ

ތާރީޚް: 17 ޖުލައި 2017 (ހޯމަ)

ގަޑި: 11:00

ޖަލްސާގެ ވަޤުތު:  01 ގަޑިއިރު 50 މިނެޓް

 

އެޖެންޑާ

 

# ތަފްސީލް ބަހުސްގެ ވަގުތު އެޖެންޑާ ހުށަހެޅި ފަރާތް
01 ކޮނޮއްޓާއިން ކުނިގެނެސް ހޯނޑެއްދޫގައި ނައްތާލުމަށް ވެވުނު އެއްބަސްވުމުގެ ދަށުން ކުރެވުނުމަސައްކަތުގެ ތެރެއިން ކޮނޮއްޓާއިން ފައިސާ ބަރާބަރަށް ނުދައްކައިގެން ވެފައިވާ ޖުރިމަނާ ފައިސާ ކޮނޮއްޓާއިން އެދިފައިވާގޮތަށް ދެވަނަދައުރުގެ ކައުންސިލާއި އެކު ބެއްވުނު ބައްދަލުވުންތަކުގައި އެއްބަސްވެވިފައިވާގޮތަށް މާފްކުރުމާއިމެދު ކައުންސިލުގައި މަޝްވަރާކޮށް ގޮތެއް ނިންމުން. 20 މިނެޓް ރިޔާސަތުން
02 އަމާރީ ހައުއްޑާ އާއި މިކައުންސިލާއި އެކު ވެވިފައިވާ އެއްބަސްވުމުގެ ދަށުން ކުނިގެނެސް ނައްތާލުމުގެ ފީ ގެ 2017 މެއި މަހުގެ ބިލް ނުދައްކާތީ ޖޫންމަހުގެ ބިލާއިއެކު ހޯދަން ހުށަހެޅުނު ޖޫރިމަނާ ފައިސާ މާފްކޮށްދިނުމަށް އެދިފައިވާތީ މިކަމާއިމެދު ކައުންސިލްގައި މަޝްވަރާކޮށް ގޮތެއް ނިންމުން. 20 މިނެޓް ރިޔާސަތުން
03 މުޙައްމަދު ހަބީބް ޙަސަން ހުށަހަޅާފައިވާ ސިޓީ ތަކާއިމެދު މަޝްވަރާކޮށް ގޮތެއް ނިންމުން. 30 މިނެޓް ރިޔާސަތުން
04 މަގުމަތީ ބައްތި ތަކާއި ޖެޓީލައިޓްތައް މަރާމާތްކޮށް ބެލެހެއްޓުން ފެނަކަ ކޯޕަރޭޝަން އާއި ޙަވާލުކޮށްގެން ކުރިޔަށްގެންދިޔުމާއިމެދު ގޮތެއް ނިންމުން. 20 މިނެޓް ރިޔާސަތުން
05 ރައްޔިތު ބައްދަލުވުން ބާއްވާނޭ ދުވަހެއް ކަނޑައެޅުން. 20 މިނެޓް ރިޔާސަތުން