ފަހުގެ އަޕްޑޭޓްތައް

މަސްޖިދުލް އަންޞާރުގެ މަރާމާތުގެ މަސައްކަތް ފަށައިފި

Posted on: November 10, 2014

މަސްޖިދުލް އަންޞާރު ޢިމާރާތް ކުރެވިފައިވަނީ އުވަވެއްޔާއި ގާ ބޭނުންކޮށްގެ ރާނާ އުވަވެލިން ސިމެންތިޖަހައިގެންނެވެ. މިސްކިތް ޢިމާރާތް ކުރިފަހުން މިސްކިތުގެ ފާރުތަކުން ކުލައާއި ވެލި ފައިބަމުންދިއުމާއި ގުޅިގެން އެކަން ހައްލުކުރުމުގެ ގޮތުން އުވަވެލިން ޖަހާފައިވާ ސިމެންތިތަށް އެއްކޮށްކޮށާ އަލުން ސިމެންތި ބޭނުންކޮށްގެން ސިމެންތިޖަހާ ކުލަލެވިފައިވާ މިސްކިތެކެވެ. އެތައްފަހަރެއްގެ މަތިން ކުލަލެވިފައިވީ ނަމަވެސް މިހާރުވެސް މިސްކިތުގެ ފާރުތަކުން ކުލައާއި ވެލި ފައިބަމުންދާތީ އަދި އެތަންތާގައި ކުލަ ހަރުނުލާތީ މިކަން ހައްލުކުރުމުގެ ގޮތުން މިސްކިތުގެ ފާރުތަކުގާ ޖަހާފައިވާ ސިމެންތިތަށް ކޮށާ އަލުން ސިމެންތިޖެހުމަށް 02 ނޮވެމްބަރ 2014 ވީ އާދީއްތަ ދުވަހު ވަނީ ކޮންޓްރެކްޓް އުޞޫލުން 27 ނޮވެމްބަރ 2014 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ނިންމުމަށް ހަވާލުކުރެވިފައެވެ.