ފަހުގެ އަޕްޑޭޓްތައް

ހޯނޑެއްދޫގައި ޒުވާނުންގެ ދުވަސް ފާހަގަ ކުރުން

Posted on: November 16, 2014

ހޯނޑެއްދޫގައި ޒުވާނުންގެ ދުވަސް ފާހާގަ ކުރުމުގެ ގޮތުން 17 ނޮވެމްބަރ 2014 ވާ ހޯމަ ދުވަހުގެރޭ ޑިނަރ ނައިޓެއް ބޭއްވުމަށް ކައުންސިލުން ނިންމައިފިއެވެ. މި ގޮތަށް ކައުންސިލުން ނިންމީ ސަރުކާރުން މި ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމަށް އެދިފައިވުމާއިއެކު ހޯނޑެއްދޫގެ ޒުވާނުންނަށް ހުރި އެކި ފުރުސަތުތައް މިކަހަލަ ހަރަކާތެއްގެ ތެރެއިން ޒުވާނުންނަށް އަންގައި ދިނުމުގެ ގޮތުންނެވެ.

އެގޮތުން ޑިނަރ ނައިޓާއި އެކު ލައިވް މިއުޒިކް ކުރިއަށް ގެންދިޔުމަށް ވެސް ވަނީ ނިންމާފައެވެ. މިއުޒިކް ޝޯވް ގެ ތެރެއިން ޒުވާނުންނަށް ހުރި އެކި ފުރުސަތަތު ތަކާއި ބެހޭގޮތުން އެކި މައުލޫމާތު ދިނުން އޮންނާއެވެ. މައުލޫމާތު ދެވޭ ދައިރާތަކުގެ ތެރޭގައި ވަޒީފާގެ ފުރުސަތުތަކާއި މަތީ ތައުލީމުވެސް ހިމެނެވެ.

މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ހޯނޑެއްދޫ ކައުންސިލް އިދާރާގެ ކުރިމަތިން ޖެޓީ ސަރަހައްދުގައެވެ. މި ހަރަކާތުގައި ވީހާވެސް ގިނަ ޒުވާނުން ބައިވެރި ވުމަކީ ހޯނޑެއްދޫ ކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ.