ފަހުގެ އަޕްޑޭޓްތައް

ހޯނޑެއްދޫ ކައުންސިލުން ހޯނޑެއްދޫގެ ރައްޔިތުންނާއި ބައްދަލު ކުރައްވައިފި

Posted on: February 15, 2015

ކައުންސިލްގެ ދެވަނަ ދައުރުގެ ދެވަނަ އާންމު ބައްދަލުވުން ކައުންސިލުން ހޯނޑެއްދޫ ސްކޫލުގައި ބާއްވައިފިއެވެ. މި ބައްދަލުވުމުގައި ކައުންސިލްގެ މާލީ ބަޔާން ހުށަހެޅުމާއި، ކައުންސިލުގެ ވޭތުވެދިޔަ އަހަރުގައި ކުރެވިފައިވާ މަސައްކަތްތަކުގެ ތަފްސީލު ރައްޔިތުންނަށް ހާމަ ކުރެވުނެވެ. އަދި ކުރިއަށް އޮތް 6 މަސް ދުވަސް ތެރޭގައި ކުރުމަށް ރޭވިފައިވާ ކަން ކަން ރައްޔިތުންނާއި ހިއްސާ ކުރުވެނުވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި މި ކައުންސިލާއި ގުޅިގެން ރަށުގެ އެކި މުވައްސަސާތަކަށް އަމާޒުކޮށްގެން ބޭއްވުނު ވޯރކްޝޮޕް ގައި ފާހަގަ ކުރެވުނު ރަށުގެ މި ވަގުތަށް އެންމެ ބޮޑު މައްސަލަ ކަމަށްވާ ކުނީގެ މައްސަލައާއި ބެހޭ ގޮތުން ރައްޔިތުންނާއި މަޝްވަރާ ކުރެވުނެވެ.

އަދި ހަމަ އެހެންމެ ބައްދަލުވުން ނިންމާލުމުގެ ކުރިން ރައްޔިތުންނަށް ކައުންސިލާއި ސުވާލުކުރުމަށް ވެސް ފުރުސަތު ދީފައިވެއެވެ. ރައްޔިތުންގެ ޚިޔާލަށްވެސް ފުރުސަތު ދީފައިވެއެވެ.