ފަހުގެ އަޕްޑޭޓްތައް

ކައުންސިލުން ހޯނޑެއްދޫ ސްކޫލުގެ އިސްވެރިންނާއި ބައްދަލު ކުރައްވައިފި

Posted on: February 17, 2015

ހޯނޑެއްދޫ ކައުންސިލުން ހޯނޑެއްދޫ ސްކޫލުގެ އިސްވެރިންނާއި ބައްދަލު ކުރައްވައިފިއެވެ. މި ބައްދަލުވުމަކީ އެޕްރީލް 24 އިން 25 އަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ގދ. އަތޮޅު ޤުރްޢާން މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ހޯނޑެއްދޫ ކައުންސިލާއި ހޯނޑެއްދޫ ސްކޫލު ގުޅިގެން ޤުރްޢާން މުބާރާތެއް ބޭއްވުމަށް މަޝްވަރާ ކުރުމަށް ބޭއްވުނު ބައްދަލުވުމެކެވެ. އަދި ގދ. އަތޮޅު ޤުރްޢާން މުބާރާތުގައި ހޯނޑެއްދޫ ތަމްސީލު ކުރާނެ ބައިވެރިން ކަނޑައެޅުމަށް ބާއްވާ މުބާރާތެކެވެ.

މި ބައްދަލުވުމުގައި ކައުންސިލާއި ސްކޫލް ގުޅިގެން ‘ހޯނޑެއްދޫ ކައުންސިލް، ސްކޫލް ޤުރްޢާން މުބާރާތް 2015’ ގެ ނަމުގައި މާޗް 12 އިން 14 އަށް ހޯނޑެއްދޫގައި ޤުރްޢާން މުބާރާތެއް ބޭއްވުމަށް ނިންމުނެވެ. އަދި މި މުބާރާތުގައި ރަށުގެ އެންމެހައި ފަރާތްތަކަށްވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. މި މުބާރާތުގެ ބައިވެރިންގެ ތެރެއިން 75ޕޮއިންޓަށްވުރެ މަތިން ޕޮއިންޓް ބަލައިގެން ކިޔުމުގެ ގޮފިން ހޯދާ 8 ބައިވެރިންނާއި، 75ޕޮއިންޓަށްވުރެ މަތިން ޕޮއިންޓް ނުބަލައި ކިޔުމުގެ ގޮފިން ހޯދާ 7 ބައިވެރިންނަށް  ގދ. އަތޮޅު ޤުރްޢާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ބައްދަލުވުމުގައި ހޯނޑެއްދޫ ސްކޫލުގެ ފަރާތުން ސްކޫލުގެ ޕްރިންސިޕަލް އަދި ސްކޫލުގެ ލީޑިންގ ޓީޗަރ ހުސައިން ވާރިޝް އަދި ކައުންސިލްގެ އެންމެހައި މެމްބަރުން ބައިވެރިވިއެވެ. ނިމިގެންދިޔަ އަހަރުވެސް ހޯނޑެއްދޫ ކައުންސިލްގެ ސްޕޮންސަރ ގައި ހޯނޑެއްދޫ ސްކޫލުން ވަނީ މިފަދަ ޤުރްޢާން މުބާރާތެއް ބާއްވާފައެވެ.