ފަހުގެ އަޕްޑޭޓްތައް

ޔެލޯ އެލާޓް!

Posted on: November 22, 2014

މިރޭ 00:00 އާއި ހަމަޔަށް ‘ޔެލޯ އެލާޓް’ ކަމަށް އެމް.އެން.ޑީ.އެފް ސަދަން އޭރިއާ ކޮމާންޑުން  މި ކައުންސިލަށް އަންގައިފިއެވެ. މިހެން އެ ކޮމާންޑުން އެންގީ މިރޭ އިރުއޮއްސުނު ފަހުންނެވެ. އަދި މިހާރު ކުރަމުންދާ ވިއްސާރާގައި މިރޭ ގަޑިއަކު 50 މޭލު ބާރުމިނުގައި ވައިޖެހޭނެކަމަށާއި ކަނޑު ގަދަވާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި ކުއްލިހާލަތެއްގައި މެނުވީ ކަނޑުދަތުރުތައް ނުކުރުމަށްވެސް އިލްތިމާސް ކުރެއްވިއެވެ.

އެހެންކަމުން އެންމެހައި ރައްޔިތުން މިކަމަށް ސަމާލުވެ ތިބުމަކީ ކައުންސިލްގެ އަދި އެމް.އެން.ޑީ.އެފް ގެ ވެސް ވަރަށް ބޮޑު އެދުމުކެވެ. އަދި ކުއްލި ހާލަތެއް ދިމާވެއްޖެ ހިނދެއްގައި ވީ އެންމެ އަވަހަކަށް ކައުންސިލަށް އެކަން އަންގަވައި ދެއްވުމަކީ ކައުންސިލުގެ ވަރަށް  ބޮޑު އެދުމެކެވެ.