ފަހުގެ އަޕްޑޭޓްތައް

ހޯނޑެއްދޫގެ ދަނޑުބިންތަކުގެ އިމުގެ މައްސަލަ ހައްލުކުރަން މާދަމާ ދަނޑުބިންތަކަށް ވަންނަނީ

Posted on: February 21, 2015

ހޯނޑެއްދޫ އަކީ ދަނޑުވެރިރަށަކަށް ވުމުން ހޯނޑެއްދޫ ކައުންސިލުން އެން އިސްކަމެއްދީގެ ކުރާ އެއް މަސައްކަތަކީ ހޯނޑެއްދޫ ދަނޑުބިންތަކުގެ މަސައްކަތެވެ. ކައުންސިލުން ދަނޑުބިންތަކުގެ ހުރި މައްސަލަތައް ބަލަން އެކި ފަހަރު މަތިން ވަނީ ދަނޑުވެރިންނާއި ބައްދަލުކޮށް މައުލޫމާތު އެއްކޮށްފައެވެ. ލިބުނު މައުލޫމާތުގެ އަލީގައި ނިމިގެން ދިޔަ އަހަރު ދަނޑުބިންތަކަށް ގެންނާނެ އިސްލާހުތަކާއި ދަނޑުވެރިކަން ކުރެވޭނޭ އުސޫލުތައް ކަނޑައެޅުމާއި އަދިވެސް ދަނޑުބިންތަކުގައި ހުރި އެހެނިހެން މައްސަލަތައް ހައްލު ކުރެވޭނެ ގޮތްތައް ހޯދުމުގެ މަސައްކަތް ފެށުނެވެ. އެގޮތުން އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަ ކުރެވިފައި ވަނީ ދަނޑުބިންތަކުގެ އިމުގެ މައްސަލައެވެ.

އެގޮތުން މަޝްވަރާއާއި ކައުންސިލްގެ ނިންމުންތަކާއި އެކު އަމަލީ މަސައްކަތައް 22 ފެބްރުއަރީ 2015 ވާ އާދިއްތަ ދުވަހު ފެށުމަށް ކައުންސިލުން ވަނީ ނިންމާފައެވެ. އެންމެ ފުރަތަމަ ހައްލުކުރަން މަސައްކަތްކުރާނީ ދަނޑުބިންތަކުގެ އިމުގެ މައްސަލައެވެ. އެ ގޮތުން އިމުގެ މައްސަލަ ހައްލުކުރުމަށް އެންމެހާ ދަނޑުވެރިންގެ އެއްބާރުލުމާއި އެހީތެރިކަމަށް އެދެމެވެ.

މި މަސައްކަތަކީ ގދ. އަތޮޅު ކައުންސިލްގެ އެހީގައި ހޯނޑެއްދޫ ކައުންސިލުން ކުރާ މަސައްކަތެކެވެ.