ފަހުގެ އަޕްޑޭޓްތައް

ކައުންސިލާއި އައިކެއަރ ގުޅިގެން ބާއްވާ ލޮލުގެ ޚާއްސް ކޭމްޕް

Posted on: May 19, 2015

ހޯނޑެއްދޫ ކައުންސިލާއި އައިކެއަރ އޮޕްޓިކަލްސް އާއި ގުޅިގެން މި ހިނގާ މެއި މަހުގެ 20 ދުވަހުގައި 1 ދުވަހުގެ މުއްދަތަށް ހޯނޑެއްދޫގައި ‘އައި ކޭމްޕެއް’ ބޭއްވުވަމަށް ވަނީ ހަމަޖެހިފައެވެ. މި ކޭމްޕުގެ މަގުސަދަކީ ހޯނޑެއްދޫގެ ރައްޔިތުންނަށް ރަށުގައި ތިބެގެން ލޮލުގެ ޚާއްސަ ޑޮކްޓަރުންނަށް ދެއްކޭނެ އިންތިޒާމް ހަމަޖެއްސުމާއި ލޮލުގެ އެކި ބަލިތަކަށް ރަށުގައި ފަރުވާދިނުމެވެ.

މި ކޭމްޕް އޮންނާނީ ހޯނޑެއްދޫ ކައުންސިލް ގެ އިދާރާގައެވެ. ހެނދުނު 10:00 އިން 15:00 އަށް ކުރިއަށްދާ މި ކޭމްޕުގައި އިންޑިއާގެ ލޮލުގެ ޚާއްސަ 2 ޑޮކްޓަރުން ބަލިމީހުން ބައްލަވާނެއެވެ. މީގެ އިތުރުން އައިކެއަރގެ ތަޖުރިބާކާރު 2 މުވައްޒަފުންނާއި އެކު ކޭމްޕުގައި ލޮލުގެ ނަންބަރު ނެގުމާއި، ލޮލުގެ ޓެސްޓްތައް ހެދުމާއި އަދި އެންމެ އެކަށޭނެ އައިނު، އައިނުދުނިގަޑު ހިޔާރުކުރުމަށް ވެސް އެހީތެރކަން ފޯރުކޮށްދޭނެއެވެ.

މި ކޭމްޕް ކުރިއަށްދާނީ 20 މެއި 2015 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން 15:00 ހޯނޑެއްދޫ ކައުންސިލް އިދާރާގައެވެ.