ފަހުގެ އަޕްޑޭޓްތައް

ހޯނޑެއްދޫގެ ޒުވާނުންގެ މަރުކަޒުގެ އެއްބަސްވުމުުގައި ކައުންސިލުން މިއަދު ސޮއިކޮށްފި

Posted on: May 20, 2015

ހޯނޑެއްދޫގައި ޒުވާނުންގެ މަރުކަޒެއް ހުޅުވުމަށް މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސް އާއި ހޯނޑެއްދޫ ކައުންސިލާއި ދެމެދު ވެވޭ އެއްބަސްވުމެއްގައި ހޯނޑެއްދޫ ކައުންސިލުން މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސް ވުމުގެ ދަށުން ހޯނޑެއްދޫގެ ކުރީގެ ސިއްޙީމަރުކަޒު ޒުވާނުންގެ މަރުކަޒަކަށް ބަދަލުކޮށް ޒުވާނުންގެ މަރުކަޒެއް ހޯނޑެއްދޫގައި ގާއިމް ކުރެވޭނެއެވެ.

ޒުވާނުންގެ މަރުކަޒަށް ބޭނުންވާ އޮފީސް ސެޓަޕްއާއި، ކުޅިވަރުކުޅުމަށް ބޭނުންވާ ކުޅިވަރު ސާމާނު މިހާރުވަނީ ހޯނޑެއްދޫއަށް ގެނެވިފަަަައެވެ. އޭގެތެރޭގައި ބިލިއަރޑް ބޯޑާއި، ޓޭބަލް ޓެނިސް ބޯޑާއި، ކެރަމް، ރާޒުވާ އަދި ޑާޓް ބޯޑް ހިމެނެއެވެ.