ހޯނޑެއްދޫ ކައުންސިލަށް އައިޑީ ކާޑު ހެދުމުގެ ހިދުމަތް ދިނުމަށް ބޭނުންވާ ސާމާނު ގދ. އަތޮޅު ކައުންސިލުން މިއަދު ފޯރުކޮށްދީފިއެވެ. މި ހިދުމަށް ފެށުމަށް ބޭނުންވާ ސާމާނު ހޯނޑެއްދޫ ކައުންސިލާއި ހަވާލުކުރެއްވީ ގދ. އަތޮޅު ކައުންސިލް މަޑަވެލި ދާއިރާ ތަމްސީލު ކުރައްވާ މެމްބަރ މުހައްމަދު އަޝްރާފް އެވެ. ކައުންސިލުން ސާމާނާއި ހަވާލުވީ ކައުންސިލްގެ ރައީސް މުހައްމަދު ޝިރާނެވެ.
މިއަދުން ފެށިގެން އައިޑީކާޑު ހެދުމުގެ ހިދުމަތް ކައުންސިލް މެދުވެރިކޮށް ކޮންމެ ރައްޔިތަކަށްވެސް ލިބިގެންދާނެއެވެ.