ފަހުގެ އަޕްޑޭޓްތައް

ކައުންސިލްގެ ނައިބް ރައީސް ކަމަށް އަޙްމަދު މަހުދީ އިންތިޚާބު ކޮށްފި

Posted on: August 6, 2015

 

ގދ ހޯނޑެއްދޫ ކައުންސިލްގެ ނައިބް ރައީސް ކަމަށް ކައުންސިލަރ އަލްފާޟިލް އަޙްމަދު މަހުދީ އިންތިޚާބު ކޮށްފިއެވެ. ނައިބް ރައީސްކަަމަށް އަޙްމަދު މަހުދީ އިންތިޚާބު ކުރެވުނީ ކައުންސިލްގެ ނައިބް ރައީސް އަލްފާޟިލް ޙުސައިން ފަޔާޟް ނައިބް ރައީސް ކަމުގެ މަގާމުން 03 އޯގަސްޓް 2015 ވަނަަ ދުވަހު އިސްތިއުފާ ދިނުމާއި ގުޅިގެން އެ މަގާމް ހުސްވުމުންނެވެ. އަލްފާޟިލް އަޙްމަދު މަހުދީ ކައުންސިލްގެ ނައިބް ރައީސް ކަަމަށް އިންތިޚާބު ކޮށްފައިވަނީ 06އޯގަސްޓް 2015 ވަނަ ދުވަހު ބޭއްވި ކައުންސިލްގެ ބައްދަލުވުމުގައި ބައިވެރި 04 މެމްބަރުންގެ ތެރެއިން 03 މެމްބަރުން ވޯޓް ދެއްވައިގެންނެވެ.

އަލްފާޟިލް އަޙްމަދު މަހުދީ ކައުންސިލްގެ ނައިބް ރައީސް ކަމަށް އިންތިޚާބުވުމުން ކައުންސިލުގެ ރައިސާއި މެމްބަރުން އަޙްމަދު މަހުދީ އަށް މަރުހަބާ ދެންނެވިއެވެ. ކައުންސިލްގެ ނައިބް ރައީސްކަަމަށް އިންތިޚާބުވުމާއި ގުޅިގެން ކައުންސިލާއި މުޚާތަބުކޮށް ދެއްކެވި ވާހަކަފުޅުގައި ކައުންސިލްގެ ނައިބް ރައީސްކަމުގެ ޒިންމާ އެންމެ ފުރިހަމަގޮތުގައި އަދާކުރުމަށް ގަދައަޅައި މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ކައުންސިލްގެ މެމްބަރުންނަށް ދެއްވިއެވެ. އަދި މި މަގާމުގެ ޒިންމާ އަދާކުރުމުގައި ކައުންސިލް މެމްބަރުންގެ އެއްބާރުލުން ލިބޭނެ ކަމުގައި އުއްމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.