ފަހުގެ އަޕްޑޭޓްތައް

ގދ. އަތޮޅު މުބާރާތް މިފަހަރު ހޯނޑެއްދޫގައި

Posted on: December 3, 2014

އެފް. އޭ. އެމް އިން ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ބާއްވަމުން ގެންދާ އަތޮޅު މުބާރާތް މި އަތޮޅުގައި މިފަހަރު ބާއްވަނީ ހޯނޑެއްދޫގައެވެ. އެފް.އޭ.އެމް އިން ފުޓްބޯލް އެސޯސިއޭޝަން އޮފް ހޯނޑެއްދޫ އާއި މުބާރާތުގެ ހިންގުން ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މުބާރާތުގައި ޖުމްލަ ބައިވެރިވެފައިވަނީ 3 ރަށަކުންނެވެ. އެއީ ގދ. ގައްދޫ، ގދ. ތިނަދޫ އަދި ހޯނޑެއްދޫ އެވެ.

29 ނޮވެމްބަރ 2014 ގައި ފެށުނު މި މުބާރާތުގައ މިހާތަނަށް 2 މެޗު ކުޅެވިއްޖެ އެވެ. ފުރަތަމަ މެޗުގައި ހޯނޑެއްދޫ އެފް ސީ އާއި ގައްދޫ ޔޫތް ސޮސައިޓީ ކުޅެ 2 – 0 ގެ ސްކޯއަކުން ގައްދޫ ޔޫތް ސޮސައިޓީ ވަނީ މޮޅުވެފައެވެ. ޖެހިގެން އައި މެޗުގައި ތިނަދޫ ސްޕޯޓްސް އާއި ހޯނޑެއްދޫ އެފް ސީ ކުޅެ 6-2 ސްކޯއަކުން ހޯނޑެއްދޫ އެފްސީ ވަނީ މޮޅުވެފައެވެ. މުބާރާތުގެ 3 ވަނަ މެޗުގައި 03 ޑިސެމްބަރ 2014 ގައި ބައްދަލުކުރާނީ ތިނަދޫ ސްޕޯޓްސް އާއި ގައްދޫ ޔޫތް ސޮސައިޓީއެވެ.

މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ 05 ޑިސެމްބަރ 2014 ވާ ހުކުރު ދުވަހުގައެވެ.