ފަހުގެ އަޕްޑޭޓްތައް

އުދަ އަރާފާނެކަމަށް ނެޝަނަލް މީޓްރޮލޮޖިކަލް ސާރވިސް އިން ލަފާކޮށްފައިވާތީ ކައުންސިލުން އެކަމަށް ތައްޔާރުވުން

Posted on: September 27, 2015

އުދަ އަރާފާނެކަމަށް ނެޝަނަލް މީޓްރޮލޮޖިކަލް ސާރވިސްއިން  ލަފާކޮށްފައިވާތީ ކައުންސިލުން އެކަމަށް ތައްޔާރުވުމުގެ ގޮތުން ވޯކިންގ ގްރޫޕްތަކެއް އެކުލަވާލައި އެ ގްރޫޕްތަކާއި ބައްދަލުކުރައްވައިފިއެވެ. އެ ގޮތުން ކައުންސިލް އިދާރާގައި މިރޭގެ ބޭއްވި ބައްދަލުވުމުގައި އުދަ އަރާފާނެ ކަމަށް ބެލެވޭ ސަރަހައްދުތަކުގައި ފޯރިމަރަން ވަކި ވަކި ގްރޫތައް ހަމަޖައްސާފައިވެއެވެ.

12036808_778920672230369_4578726426230454154_n

ހޯނޑެއްދޫ ކައުންސިލުގެ ކޮމިއުނޓީ އެމަރޖެންސީ ރެސްޕޯންސް ޓީމް އިން އެކުލަވާލައިފައިވާ ކާރިޘާއެއް ދިމާވެއްޖެ ހާލަތައްގައި އަމަލު ކުރާނެގޮތް ވޯރކިންގްރޫޕް ތަކަށް ވަނީ ކިޔާދީފައެވެ. ކުއްލިހާލަތުގައި މަސައްކަތްކުރާނެ ގޮތާއި އަމަލުކުރާނެ ގޮތް އަދި ވޯރކިންގ ގްރޫޕްތަކުގެ މަސްއޫލިއްޔަތުތައް ވަނީ ކިޔާދީފައެވ.

 

އެގޮތުން މިރޭ 00:00 އިން ފެށިގެން 2:30 އަށް މި ގްރޫޕްތަކުން އުދަ އަރާފާނެ ކަމަށް ބެލެވޭ ސަރަހައްދުތަކުގައި ދަނީ ފޯރިމަރަމުންނެވެ. މިގޮތަށް ކުރިއަށް އޮތް 3 ދުވަހުގައި މި ވޯރކިންގ ގްރޫޕްތަކުން ހަރަކާތްތެރިވާނެއެވެ.

12042705_778920228897080_8136743417337291449_n

މި ފުރުސަތުގައި މިފަދަ ކަންކަމުގައި ހޯނޑެއްދޫގެ ރައްޔިތުން ކައުންސިލަށް ދެއްވަމުންގެންދަވާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަ ކައުންސިލާއި އަދި އެންމެހައި މުވައްޒަފުންގެ ނަމުގައި ހޯނޑެއްދޫގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ޝުކުރު ދަންނަވަމެވެ.