ފަހުގެ އަޕްޑޭޓްތައް

ހޯނޑެއްދޫ ކައުންސިލުން ސަރުކާރުގެ ވުޒާރާތަކާއި ބައްދަލުކުރުން

Posted on: March 20, 2016

ހޯނޑެއްދޫ ކައުންސިލުން އިސްނަގައިގެން ސަރުކާރުގެ އެކި ވުޒާރާތަކާއި ބައްދަލު ކުރައްވައިފިއެވެ. މި ބައްދަލުވުންތަކުގެ އެންމެ ބޮޑު މަގުސަދަކީ ހޯނޑެއްދޫގެ ތަރައްޤީއަށް ބޭނުންވާ މުހިންމު މަޝްރޫއުތަކާއި ބެހޭގޮތުން ސަރުކާރާއިއެކު މަޝްވަރާކުރުމެވެ. އެގޮތުން ބައްދަލު ކުރެވުނު މިނިސްޓްރީތަކުގެ ތެރޭގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރަސްޓްރަކްޗަރ، މިނިސްޓްރީ އޮފް ފިނޭންސް، މިނިސްޓްރީ އޮފް އެޑިއުކޭޝަން، މިނިސްޓްރީ އޮފް ހެލްތް، މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސް ހިމެނެއެވެ. މީގެ އިތުރުން ފެނަކަ ކޯޕަރޭޝަންއާއި ވެސް ބައްދަލު ކުރައްވާފައިވެއެވެ.

10274272_857210124401423_7094572708018964387_n12801161_857689684353467_3173689649485687308_n

އެކި ދާއިރާތަކުން ހޯނޑެއްދޫއަށް ބޭނުންވާ ތަރައްޤީގެ މުހިންމު މަޝްރޫއުތައް އެކަމަކާއި ގުޅުން ހުރި މިނިސްޓްރީއަކަށް ވަނީ ހުށަހެޅިފައެވެ. އަދި ހޯނޑެއްދޫގެ ރައްޔިތުންނަށް އެންމެ ބޮޑަށް ދަތިވާ ކަންކަމުގެ ވާހަކަތައް ސަރުކާރާއި ވަނީ ހިއްސާ ކުރެވިފައެވެ.

1690081_856491007806668_2780811414999595730_n1898005_857211651067937_8999049217511701215_n

މި ބައްދަލުވުންތަކުގައި ކައުންސިލްގެ މެމްބަރުންގެ އިތުރުން މަޑަވެލި ދާއިރާގެ އިއްޒަތްތެރި މެމްބަރު މުއާޒު މުހައްމަދު ރަޝީދު އަދި ގދ. އަތޮޅުކައުންސިލުގެ ނައިބް ރައީސް (މަޑަވެލި ދާއިރާގެ މެމްބަރ) އިނާޒް އަލީ ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

council

ކައުންސިލުގެ އުއްމީދަކީ ހުށަހެޅިފައިވާ ގޮތަށް އަވަސް މުސްތަގުބަލެއްގައި ކައުންސިލަށާއި ރައްޔިތުންނަށް ދަތިވާ ކަންކަން ސަރުކާރުން ހައްލުކޮށްދެއްވުމެވެ.

12821597_855819447873824_5748223977175676377_n