ދަތުރުނާގޭ ޢަލީ ހަސަންދީދީގެ ގޯތި އެހެން ސަރަހައްދަކަށް ބަދަލުކުރުމާމެދު މަޝްވަރާކޮށް ގޮތެއް ނިންމުން
Posted on: January 29, 2016
- އެޖެންޑާ ކުރުމަށް ހުށަހެޅުއްވި ފަރާތް: ރިޔާސަތުން
- އެޖެންޑާގެ 1 ވަނަ ނަންބަރުގައިވާ މައްސަލަ: ދަތުރުނާގޭ އަލީ ޙަސަންދީދީ ގެ ގޯތި އެހެން ސަރަޙައްދަކަށް ބަދަލުކުރުމާއި މެދު މަޝްވަރާކޮށް ގޮތެއް ނިންމުން.
- ފާސްކުރެވުނު ގޮތް: މަސްއޫދު މުޙައްމަދުއަށް ހަމަޖެއްސުމަށް ކަނޑައަޅާފައިވާ ގޯއްޗާއި އިންވެގެން އިރުން 4000 އަކަފޫޓުގެ ގޯއްޗެއް ޢަލީ ހަސަންދީދީއަށް ހަމަޖެއްސުމަށް.
- ފާސްކުރެވުނު ގޮތް: ޢަލީ ހަސަންދީދީއަށް ހަމަޖައްސާ ގޯއްޗާއިގުޅިގެން މަސްއޫދު މުޙައްމަދުއަށް ހަމަޖައްސުމަށް ކަނޑައަޅާފައިވާ 4000 އަކަފޫޓު (80 X 50 ( ދިގު އިރުން، އުތުރުން ދެކުނަށް ހަމަޖައްސައި އެއާއި އިންވެގެން 4000 އަކަފޫޓުގެ ގޯއްޗެއް ހިމަނައިގެން ލޭންޑްޔޫސް ޕްލޭނަށް ގެންނަންޖެހޭ ބަދަލު ގެނައުމަށް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީއަށް ފޮނުވުމަށް.
- މެންބަރުން ވޯޓް ދެއްވި ގޮތް:
# |
ނަން |
މަޤާމް |
ވޯޓް ދެއްވިގޮތް |
ފެންނަ |
ނުފެންނަ |
ވަކިގޮތަކަށް |
1 |
އަޙްމަދު މަހުދީ |
ނައިބް ރައީސް |
a |
– |
– |
2 |
ހުސައިން ފަޔާޟް |
ކައުންސިލަރ |
a |
– |
– |
މަތީގައި ބަޔާން ކުރެވިފައިވާ ހުށަހެޅުމަށް، މެންބަރުން ވޯޓް ދީފައިވާ ގޮތުގެ މަތިން 28 ޖެނުއަރީ 2016 ވަނަ ދުވަހު ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާގައި ބޭއްވުނު ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ ދެވަނަ ދައުރުގެ 81 ވަނަ އާއްމު ބައްދަލުވުމުންވަނީ ފާސްކޮށްފައެވެ.
28 ޖެނުއަރީ 2016
މެންބަރުން ވޯޓް ދެއްވިގޮތުގެ ޚުލާސާ:
ޖުމްލަ މެންބަރުންގެ ޢަދަދު: |
05 |
ޙާޟިރުވި މެންބަރުންގެ ޢަދަދު: |
03 |
ވޯޓްގައި ބައިވެރިވި މެންބަރުންގެ ޢަދަދު: |
02 |
ފެންނަކަމަށް ވޯޓް ދެއްވި މެންބަރުންގެ ޢަދަދު: |
02 |
ނުފެންނަކަމަށް ވޯޓް ދެއްވި މެންބަރުންގެ ޢަދަދު: |
00 |
ވަކިގޮތަކަށް ވޯޓް ނުދެއްވާ މެންބަރުންގެ ޢަދަދު: |
00 |