| ގދ.ހޯނޑެއްދޫ މަގުމަތި ކުނިކެހުމާބެހޭ އުސޫލު
|
|||
| ތައާރުފާއި ނަން | 1 | (ހ) | މިއީ ގަވާއިދު ނަންބަރ 2013/R-2088 މަގުމަތި ކުނިކެހުމާބެހޭ ގަވާއިދުގެ 7 (ހަތެއް) ވަނަ މާއްދާ އާއި އިން ލިބިދޭ ބާރުގެ ދަށުން ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލުން އެކުލަވާލާފައިވާ އުސޫލެކެވެ. |
| (ށ) | މި އުސޫލަށް ކިޔާނީ “ގދ ހޯނޑެއްދޫ މަގުމަތި ކުނިކެހުމާބެހޭ އުސޫލު” އެވެ. | ||
| އަމަލުކުރަން ފަށާ ތާރީޚް | 2 | މި އުސޫލަށް އަމަލުކުރަން ފަށާނީ މި އުސޫލު އާއްމުކޮށް އިޢުލާނުކުރާ ދުވަހުން ފެށިގެންނެވެ. | |
| މަގުމަތި ކުނިކެހުން | 3 | (ހ) | ކޮންމެ ފަރާތަކުން ވެސް އެފަރާތަކަށް މިރަށުން ދޫކޮށްފައިވާ ބިމުގެ ވަށައިގެންވާ މަގަށްވާ ސަރަހައްދުގެ ދެބައިކުޅަ އެއްބައި ކުނިކަހައި ސާފުކޮށް ބަލަހައްޓަންވާނެއެވެ. |
| (ށ) | އެ މީހަކު ދިރިއުޅޭ ގޯއްޗަކީ އެހެން މީހަކަށް ދޫކޮށްފައިވާ ގޯއްޗަކަށްވީ ނަމަވެސް އެ ގޯތީގެ ވަށައިގެންވާ މަގުތައް ކުނިކަހައި ބަލަހައްޓަންވާނީ އެ ގޯއްޗެއްގައި ދިރިއުޅޭ ފަރާތަކުންނެވެ. | ||
| ފިޔަވަޅު އެޅުން | 4 | (ހ) | މަގުމަތި ސާފުކޮށް ބަލަހައްޓަމުން ނުދާ ފަރާތްތައް ފާހަގަކޮށް މަގުމަތި ސާފުކުރުމަށް ކައުންސިލުން އަންގަންވާނެއެވެ. |
| (ށ) | މިގޮތުން މަގުމަތި ސާފު ނުކުރާކަމަށް ފާހަގަ ކުރެވޭ ފަރާތްތަކަށް 15 ދުވަހުގެ ތެރޭގައި މަގުމަތި ސާފުކުރުމަށް ކައުންސިލުން އަންގަންވާނެއެވެ. | ||
| (ނ) | މަގުމަތި ސާފުކުުރުމަށް އެ ފަރާތްތަކަށް އަންގަންވާނީ ލިޔުމުންނެވެ. | ||
| (ރ) | ކައުންސިލުން މަގުމަތި ސާފު ކުރުމަށް އަންގާ މުއްދަތުގައި މަގުމަތި ސާފުނުކޮށްފިނަމަ، މި އުސޫލާއި އެއްގޮތަށް އެ ފަރާތެއް ޖޫރިމަނާ ކުރެވޭނެއެވެ. | ||
| ޖޫރިމަނާ ކުރުން | 5 | މި އުސޫލުގައިވާ ގޮތުގެ މަތިން މަގުމަތި ކުނިކަހާ ސާފުކޮށް ނުބަލަހައްޓާ ފަރާތްތަށް ފުރަތަމަ ފަހަރު 100.00 (އެއް ސަތޭކަ ) ރުފިޔާއިން، ދެވަނަ ފަހަރު 250.00( ދުއިސައްތަ ފަންސާސް ) ރުފިޔާއިން، ތިންވަނަ ފަހަރު 400.00 ( ހަތަރު ސަތޭކަ) ރުފިޔާއިން، އަދި މީގެ އިތުރުން އިތުރުވާ ކޮންމެ ފަހަރަކު 500.00 ( ފަސްސަތޭކަ) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. | |
| ނޯޓް: | (ހ) | މީހުން ދިރިނޫޅޭ ގޯތިތަކުގެ ތެރެއިން އާއްމުކޮށް މީހުން ދިރިނޫޅޭ ހިސާބާއި އާއްމުކޮށް ބޭނުން ނުކުރާ ހިސާބުތަކުގައި ހުންނަ ފަޅުގޯއްޗާއި ބިން ވަށައިގެންވާ މަގު ސާފު ކުރުމަށް އެންގުމާއި ނޭންގުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ. | |
| (ށ) | ކުނިކަހައި ސާފުކޮށް ބަލަހައްޓަންޖެހޭ މަގުތައް. | ||
| 1 | އަމީނީމަގު | ||
| 2 | ވަޑިންދިހަރޭމަގު | ||
| 3 | އުއްތާރާމަގު | ||
| 4 | ވާރުގޭމަގު | ||
| 5 | ދިރާގުމަގު | ||
| 6 | ސޯސަންމަގު- (ވީނަސްމަގާއި ގުޅުނު ހިސާބަށް) | ||
| 7 | ކަނީރުމަގު | ||
| 8 | ފީރޯޒްމަގު | ||
| 9 | ޗާންދަނީމަގު | ||
| 10 | ނިކަމަގު | ||
| 11 | ޝަބްނަމީގޯޅި | ||
| 12 | ހުވަދުމާގޯޅި | ||
| 13 | ސަތަވަރީގޯޅި | ||
| 14 | ބާދަލްހިގުން – (މުނިޔާގޯޅި އާއި ގުޅުނު ހިސާބަށް) | ||
| 15 | ސީސަންގޯޅި | ||
| 16 | މުނިޔާގޯޅި | ||
| 17 | ބީރާފަންނާހިގުން | ||
| 18 | ރަތްވިލާގޯޅި | ||
| 19 | ސިނަމާގޯޅި | ||
| 20 | އަލަމާގޯޅި | ||
| 21 | ފޭރުމާގޯޅި | ||
| 22 | ފިނިފެންމާާގޯޅި – (ބިލެތްމާގޯޅި އާއި ގުޅުނު ހިސާބަށް) | ||
| 23 | ބިލެތްމާގޯޅި – (ފިނިފެންމާގޯޅި އާއި ގުޅުނު ހިސާބަށް) | ||
| 24 | ކަށިމާގޯޅި | ||
| 25 | އަޅިވިލާގޯޅި | ||
| 26 | ކުދިމާގޯޅި | ||
| 27 | އަބުމާގޯޅި | ||
| 28 | ހުސްނުހީނާގޯޅި | ||
| 29 | މިސްކިތްމަގު | ||
| 30 | ބުލްބުލާގޯޅި | ||
| 31 | ވައިލެޓްގޯޅި | ||
| 32 | މަރިޔާޒުގޯޅި | ||
| 33 | ހަވީރީގޯޅި | ||
| 34 | އަލައޮޅުހިގުން – (ވަޑިންދިހަރޭމަގުން ފެށިގެން ދެރަހަ ގޯތީގެ ދެކުނު އިމާއި ހަމައަށް) | ||
| 35 | ނަސީމީގޯޅި | ||
| 36 | ކަޝްމީރުގޯޅި | ||
| 37 | ލަގްޒަރީގޯޅި | ||
| 38 | ސޯފިޔާގޯޅި | ||
| 39 | ވާރޭވިލާގޯޅި – (އުއްތާރާމަގުން ފެށިގެން ނޫ ގޯތީގެ ދެކުނު އިމާއި ހަމައަށް) | ||
| 40 | އަތުނަރުމަގުު – (އުއްތާރާމަގުން ފެށިގެން ސްވެން ގޯތީގެ ދެކުނު އިމާއި ހަމައަށް) | ||
| 41 | ޖަހަލާމަގު – (އިރުވައި ގޯތީގެ ހުޅަނގު އިމާއި ހަމައަށް) | ||
މި އުސޫލު ފާސްކުރީ 25 ފެބްރުއަރީ 2016 ވަނަ ދުވަހު ބޭއްވި މި ކައުންސިލުގެ ދެވަނަ ދައުރުގެ 85 ވަނަ އާއްމު ބައްދަލުވުމުގައި ބައިވެރިވި އަޅުގަނޑުމެން 4 ކައުންސިލަރުންގެ އިއްތިފާގުންނެވެ.