ފަހުގެ އަޕްޑޭޓްތައް

އާތް ޑޭ 2016 ފާހަގަ ކުރުން

Posted on: April 22, 2016

އާތް ޑޭ 2016 ފާހަގަ ކުރުމުގެ ގޮތުން ހޯނޑެއްދޫގައި ގަސްއިންދުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ. ހޯނޑެއްދޫ ކައުންސިލުން އިސްނަގައިގެން ހޯނޑެއްދޫގެ މުވައްސަސާތަކާއި ޖަމިއްޔާ ޖަމާއަތްތައް ގުޅިގެން މިއަދު ފެށި މި ޕްރޮގްރާމްގައި ޖުމްލަ 170 ގަސް އިންދުމަށްވަނީ ހަމަޖެހިފައެވެ.

ހޯނޑެއްދޫ ސްކޫލުގެ ދަރިވަރުން އަމަލީގޮތުން ބައިބވެރިކޮށްގެން ހިންގާ މި ޕްރޮގްރާމުގެ އެންމެ ބޮޑު މަގުސަދަކީ އެކުވެރިކަމާއި އެއްބައިވަންކަން އާލާ ކޮށް ސްކޫލު ދަރިވަރުންގެ ހިތްތަކުގައި ތިމާވެށި ހިމާޔަތް ކުރުމުގެ ރޫހު ދިރުވައި އާލާކޮށް ހޭލުންތެރިކަން އިތުރުކުރުމެވެ.