ފަހުގެ އަޕްޑޭޓްތައް

“ގޭބިސީގެ އާމްދަނީއާއި ޚަރަދުކުރުން ހުރިގޮތާއިބެހޭ ސަރވޭ 2016” ގެ އަމަލީ މަސައްކަތަށް ބޭނުންވާ މީހުން ހޯދުން

Posted on: April 26, 2016

އިޢްލާން

ނަންބަރު:(IUL)417-CA/417/2016/31

ނޭޝަނަލް ބިޔުރޯ އޮފް ސްޓެޓިސްޓިކްސްގެ ފަރާތުން 2016 ވަނަ އަހަރުގެ މާރޗް މަހުން ފެށިގެން ރާއްޖޭގެ ރަށްތަކުގައި ގޭބިސީގެ އާމްދަނީއާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭއެއް ކުރުމަށްވަނީ ހަމަޖެހިފައެވެ. މިގޮތުން އަތޮޅުތަކުން ހޮވާލެވިފައިވާ ރަށްތަކުގެ ތެރޭގައި މިރަށްވަނީ ހޮވިފައެވެ. މިސަރވޭގެ މަޤުސަދަކީ ގޭބިސީގެ އެވްރެޖް އާމްދަނީއާއި ޚަރަދު، އަދި އެކިބޭނުންތަކަށް ޚަރަދުކުރާ މިންވަރާއި ބޮލަކަށްޖެހޭ މިންވަރު ދެނެގަނެ ފަޤީރުކަމުގެ މިންގަނޑުތައް އެކުލަވާލުމާއި، އަދި މިނޫންވެސް އެހެނިހެން އިޤްތިސާދީ މިންގަނޑުތައް ދެނެގަތުމެވެ.

މިސަރވޭގައި ހަރަކާތްތެރިވާނީ އެބިޔުރޯގެ މުވައްޒަފުންނާއި މިސަރވޭގެ މަސައްކަތަށް ތަމްރީން ކުރެވިފައިވާ ފަރާތްތަކާއި ސަރވޭކުރެވޭ ރަށުން ހޮވާލެވޭ ބޭފުޅުންނެވެ. މިގޮތުން ގޭބިސީގެ އާމްދަނީއާއި ޚަރަދުކުރުން ހުރިގޮތާއިބެހޭ ސަރވޭއަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތުގައި އިނިއުމަރޭޓަރެއްގެ ގޮތުގައި 22 މެއި 2016 އިން 29 މެއި 2016 އަށް ހަރަކާތްތެރިވާނޭ މީހުން ހޯދަން ބޭނުންވެއެވެ. މިފަރާތްތަކަކީ ޖީ.ސީ.އީ އޯ ލެވެލް ފެންވަރަށް ތަޢުލީމު ހާސިލުކޮށްފައިވާ ފަރާތްތަކަށް ވާންޖެހެއެވެ. އަދި މިސަރވޭއަށް މީހުން ހޮވުމުގައި އިސްކަން ދެވޭނީ މިމަސައްކަތުގައި ފުލްޓައިމް ހަރަކާތްތެރިވެވޭ، އުމުރުން 18 އަހަރާއި 40 އަހަރާ ދެމެދުގެ މީހުންނަށެވެ. އަދި ޖީ.ސީ.އީ އޭލެވެލް ފެންވަރުހުރި، މީގެ ކުރީއަހަރުތަކުގެ ބޯހިމެނުން އަދި ސަރވޭ ފަދަ ކަންކަމުގައި ބައިވެރިވެ ތަޖުރިބާ ލިބިފައިވާ މީހުންނާއި މަސައްކަތަށް ފަރުވާތެރިކަން ބަހައްޓާ މީހުންނަށް އިސްކަންދެވޭނެއެވެ. ސަރވޭގެ މުއްދަތުގައި ފޯމުތަށް ފުރުމުގެ މަސައްކަތަށް ނުކުމެ، ފޯމުތަށް ފުރިހަމަކުރާ ކޮންމެ ދުވަހަކަށް -/200 ރުފިޔާގެ މަގުން އެލަވަންސް ދެވޭނެއެވެ.

ވީމާ، މި ކަމުގައި ބައިވެރިވާން އެދޭފަރާތްތަކުން 02 މެއި 2016 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން މިއިދާރާއަށް އެޕްލިކޭޝަން ފޯމު ހުށަހެޅުއްވުން އެދެމެވެ. މިސަރވޭގައި ހަރަކާތްތެރިވާ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ އެޕްލިކޭޝަން ފޯމް ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 14:00 އަށް މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކައުންސިލުގެ ވެބްސައިޓް www.gdhhc.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 3349494 ނުވަތަ 3349496 ނަންބަރު ފޯނުން  ލިބިވަޑައިގަންނަވާނެއެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

25   އޭޕްރީލް  2016

އެޕްލިކޭޝަން ފޯމް ޑައުންލޯޑް ކުރެއްވުމަށް