ހޯނޑެއްދޫ ކައުންސިލުން ހޯނޑެއްދޫގެ ދަނޑުވެރިންނާއި މިއަދު ބައްދަލު ކުރައްވައިފިއެވެ. މި ބައްދަލުވުމަކީ ހޯނޑެއްދޫ ދަނޑުބިންތަކަށް ކައުންސިލުން ގެންނަން ބޭނުންވާ އިސްލާހުތަކާއި، އަދި ދަނޑުބިންތަކުގައި ހުރި މައްސަލަތައް ހައްލުކުރުމުގެ ގޮތުން މަޝްވަރާކުރުމަށް ބޭއްވުނު ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ގިނަ އަދަދެއްގެ ދަނޑުވެރިން ބައިވެރިވެފައިވެއެވެ.
ބައްދަލުވުމުގައި ކައުންސިލްގެ ރައީސް ދެއްކެވި ވާހަކަފުޅުގައި ދަނޑުބިންތަކުގެ މިން ހަމަކޮށް ދަނޑުބިންތަކާއި ބެހޭ އުސޫލެއް ކައުންސިލުން ހަދަމުންދާކަމަށް ވެސް ވިދާޅުވިއެވެ. އަދި ދަނޑުބިންތަކުގައި ހުރި އިމުގެ މައްސަލަތައް ހައްލުކުރުމަށް ކުރިއަށް އޮތް ހަފްތާ ތެރޭގައި ދަނޑުބިންތަކަށް ކައުންސިލުން ވަންނާނެ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ދަނޑުވެރިންގެ ފަރާތުން ދަނޑުބިންތަކުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ކައުންސިލުން މި ކުރައްވާ މަސައްކަތްތަކަށް އެއްބާރުލުން ދެއްވުމަށް ވެސް އެދި ލެއްވިއެވެ.
ހޯނޑެއްދޫ ކައުންސިލްގެ ފުރަތަމަ ދައުރުގައި ވެސް ހޯނޑެއްދޫގެ ދަނޑުބިންތަކުގެ މައްސަލަތައް ހައްލުކުރުމަށް ވަނީ މަސައްކަތްތަކެއް ކޮށްފައެވެ. ނަމަވެސް މައްސަލަތައް ހައްލު ނުވެ އެ މަސައްކަތްތައް ވަނީ ނާކާމިޔާބުވެފައެވެ.