ތައާރުފާއި ނަން | 1 | (ހ) | މި އުސޫލަކީ ހޯނޑެއްދޫގައި ދަނޑުވެރިކަން ކުރަން ބޭނުންވާ އަމިއްލަ ފަރާތްތަކަށް ދަނޑުވެރިކަން ކުރުމަށް ބިންދޫކުރުމުގެ އުސޫލެވެ. |
(ށ) | މި އުސޫލަށް ކިޔާނީ ” ހޯނޑެއްދޫގައި ދަނޑުވެރިކަން ކުރުމަށް ބިން ދޫކުރުމުގެ އުސޫލު” އެވެ. | ||
އަމަލުކުރަން ފަށާ ތާރީޚް | 2 | މި އުސޫލަށް އަމަލުކުރަން ފަށާނީ މި އުސޫލް މި ކައުންސިލުން ފާސްކޮށް އާއްމުކޮށް އިޢުލާން ކުރާ ތާރީޚުން ފެށިގެންނެވެ. | |
އާއްމު ބައިތައް | 3 | (ހ) | މި އުސޫލަށް އަމަލު ކުރަން ފެށުމުން، މިހާރު ދަނޑުވެރިކަން ކުރާ ސަރަޙައްދުން ދަނޑުބިން ދޫކުރެވިފައިވާ ދަނޑުވެރިންނަށް ކައުންސިލުން ދަނޑު ދޫކުރަންވާނެއެވެ. |
(ށ) | ހޯނޑެއްދޫ ކައުންސިލުން ދަނޑުވެރިކަން ކުރުމަށް ކަނޑައަޅާ ސަރަޙައްދުން ދޫކުރާ ބިން ފިޔަވައި ކައުންސިލުގެ ބެލުމުގެ ދަށުގައިވާ ތަނެއްގައި ކައުންސިލުގެ ހުއްދަނެތި އެއްވެސް ފަރާތަކުން ދަނޑުވެރިކަން ކުރުމަކީ މަނާކަމެކެވެ. | ||
(ނ) | ދަނޑުބިމަށް އެދި ހުށަހެޅޭނީ މީލާދީ ގޮތުން 21 އަހަރު ފުރިފައިވާ ގދ.ހޯނޑެެއްދޫ ގެ ރައްވެހިިންނަށެވެ. | ||
(ރ) | ދަނޑުވެރިކަން ކުރުމަށް ދޫކުރެވޭ ބިމުގައި ދިވެހި ރުކާއި، ލަކުޑި ގަސްފަދަ ދަނޑުބިން ބޭކާރުވާފަދަ ގަސްގަހާގެހި އިންދާ ހެއްދުމަމަކީ މަނާކަމެވެ. އަދި އަނބު، ކުއްޅަވައް، މުރަނގަ، ފަތްކެޔޮ، ބަނބުކެޔޮ، ދުނބުރި ސައްކެޔޮ، އޮޅުއަލަ އަދި ކުންނާރު، ފަދަ ގަސްތައް އިންދާ ހެއްދުމަކީ މަނާކަމެކެވެ. ބިމުގާ ބޮޑެތި ވަޅުގަޑު ކޮނެ އާނު ގަނޑު ނަގާ އަޑީގަ ހުންނަ ފަސްތައްނަގާ ބިން މައްޗައް ފަތުރާ ހެދުމަކީ މަނާކަމެކެވެ. | ||
(ބ) | މި އުސޫލަށް އަމަލު ކުރަން ފަށާތާ 15 (ފަނަރަ) ދުވަސް ތެރޭ މި ރަށުން ދަނޑުވެރިކަން ކުރާ ސަރަޙައްދު ކައުންސިލުން ކަނޑައަޅައި އާއްމު ކުރަންވާނެއެވެ. | ||
(ޅ) | މި އުސޫލަށް އަމަލު ކުރަން ފެށުމަށްފަހު ދަނޑުބިން އެހެން ފަރާތަކަށް ބަދަލު ނުކުރެވޭނެއެވެ. | ||
(ކ) | އެއްވެސް ސަބަބަކާއިހެދި ދަނޑު ދޫކޮށްލަން ޖެހިއްޖެނަމަ، އެކަން ލިޔުމުން ކައުންސިލަށް އަންގަންވާނެއެވެ. ދަނޑުބިން ދޫކޮށްލާއިރު ދަނޑުގައި ހުންނަ ގޮވާމަށް ކައުންސިލުން ބަދަލު ދޭކަށް ނުޖެހޭނެއެވެ. | ||
(އ) | މި އުސޫލަށް އަމަލު ކުރަން ފަށާ ތާރީޙުން ފެށިގެން 6 މަސް ދުވަހު ތެރޭގައި އާންމު ދަނޑު ވެރިކަން ކުރާ ދަނޑު ބިން ތަކުން މިމާއްދާގެ (ރ) ގައި ބަޔާންކުރެވިފައިވާ ބާވަތްތަކުގެ ގަސްތައް ނައްތާލަން ވާނެއެވެ. | ||
(ވ) | ދަނޑުބިމުގައި ސިމެންތި ނުވަތަ އުވަ ބޭނުން ކޮށްގެން އެއްވެސް އިމާރާތެއް ނުވަތަ އިމާރާތެއްގެ ބައެއް ހަދައިގެން ނުވާނެއެވެ. އަދި މިފަދަ އިމާރާތެއް ނުވަތަ އިމާރާތެއްގެ ބައެއް ހަދާފައިވާނަމަ މި އުސޫލަށް އަމަލު ކުރަން ފަށާ ތާރީޙުން ފެށިގެން 1 މަސް ދުވަހުގެ ތެރޭގައި ނައްތާލަން ވާނެއެވެ. މީގެތެެރޭގައި ދަނޑުގެ ވަށައިގެން ޖަހާ ފެންސް ނުހިމެނޭނެއެވެ. އަދި މިގޮތަށް ފެންސް ޖެހޭނީ މިކައުންސިލުން ދޫކުރާ ޙާއްސަ ހުއްދައެއްގެ ދަށުންނެވެ. | ||
(މ) | އާންމު ދަނޑުވެރިކަށް ކުރުމައްޓަކާ ކަނޑައެޅޭ ސަރަޙައްދުން ދަނޑުވެރިކަމަށް ދޫކުރެވޭ ކޮންމެ ބިމެއްވެސް ހަވާލު ކުރެވޭނީ މީލާދީ 3 (ތިނެއް) އަހަރުގެ މުއްދަތަށެވެ. | ||
ދަނޑުބިމުގެ ގިންތިތައް | މި އުސޫލުގެ ދަށުން ދަނޑުބިން ދޫކުރެވޭނީ އަންނަނިވި ގިންތިތަކަށް ބަހާލައިގެންނެވެ. | ||
(1) | އާއްމު ދަނޑުވެރިކަމަށް ދޫކުރާ ބިންް | ||
(ހ) | އާއްމު ދަނޑުވެރިކަމަށް ދޫކުރެވޭނީ 5000 (ފަސްހާސް) އަކަފޫޓްގެ ބިމެވެ. | ||
(ށ) | މި ގިންތީގެ ދަނޑުބިމަށް އެދި ހުށަހެޅޭނީ އާއްމު ފަރުދުންނަށް އެކަންޏެވެ. | ||
(ނ) | އާއްމު ދަނޑުވެރިކަމަށް ދަނޑު ދޫކުރާނީ ޕޮއިންޓް އުސޫލުން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތްތަކަށެވެ. | ||
(ރ) | މި ގިންތީގެ ދަނޑުތަކަށް އެދި ހުށަހަޅާ ފަރާތްތަކުގެ ފޯމްތައް އިވެލުއޭޓްކުރާނީ މި ކައުންސިލުގެ ޓެންޑަރ ކޮމިޓީންނެވެ. | ||
(2) | ބީލަން އުސޫލުން ދޫކުރާ ބިން | ||
(ހ) | ބީލަން އުސޫލުން ދޫކުރާނެ ދަނޑުބިމުގެ އަދަދާއި ބޮޑުމިން ކައުންސިލުން ކަނޑައަޅަންވާނެއެވެ. | ||
(ށ) | ބީލަން އުސޫލުން ދޫކުރާ ބިންތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މި އުސޫލަށް އަމަލު ކުރަން ފަށާތާ 1 މަސް ދުވަހުގެ ތެރޭގައި ކައުންސިލުން ހުޅުވާލަންވާނެއެވެ. | ||
(ނ) | މި ސަރަހައްދުން ބިން ލިބޭނީ އެންމެ ރަގަޅު ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކަށެވެ. | ||
(ރ) | ޕްރޮޕޯސަލްތައް އިވެލުއޭޓްކުރާނީ މި ކައުންސިލުގެ ޓެންޑަރ ކޮމިޓީންނެވެ. | ||
(ބ) | ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލާއިރު، ޕްރޮޕޯސަލަށް ޕޮއިންޓްދޭނެ ގޮތް އާއްމު ކުރަންވާނެއެވެ. | ||
(ޅ) | މި ގިންތީގެ ދަނޑުތަކަށް ހުރިހާ ފަރާތްތަކަށްވެސް ޕްރޮޕޯސަލް ހުށަހެޅޭނެއެވެ. އޭގެ ތެރޭގައި ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމެންޓް، ކޯޕަރޭޓިވް ސޮސައިޓީ، ޖަމިއްޔާ ޖަމާއަތްތައް ހިމެނެއެވެ. އަދި ޢާއްމު އުސޫލުން ދަނޑު ހައްދާ ފަރާތްތަކަށް ވެސް މިގިންތީގެ ދަނޑުބިން ހޯދުމަށް އެދި ޕްރޮޕޯސަލް ހުށަހެޅޭނެއެވެ. | ||
ދަނޑުބިމަށް އެދި ހުށަހެޅުން | (ހ) | މި އުސޫލަށް އަމަލުކުރަން ފެށުމުން ދަނޑުބިންތަކަށް އެދުމުގެ ފުރުސަތު ކައުންސިލުން ހުޅުވަންވާނެއެވެ. | |
(ށ) | ކައުންސިލުން ފުރުސަތު ހުޅުވުމުން އެކަމަށް އެދޭ ފަރާތްތަކުން ކައުންސިލުގެ އިދާރާއަށް ދަނޑުބިމަށް އެދޭ ފޯމު ހުށަހަޅަންވާނެއެވެ. | ||
(ނ) | މިހާރު ދަނޑުވެރިކަން ކުރާ ސަރަހައްދުގައި ދަނޑުވެރިކަން ކުރުމަށް ދަނޑުދޫކޮށްފައިވާ ފަރާތްތަކަށް މި އުސޫލުގެ ދަށުން ދަނޑު ދޫކުރަންވާނެއެވެ. | ||
(ރ) | މި އުސޫލަށް އަމަލު ކުރަންފަށާ ތާރީހުން ފެށިގެން، މި މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން ދެވޭ ދަނޑުތައް ފިޔަވައި އެހެން ދަނޑުބިން ދޫކުރެވޭނީ ކައުންސިލަށް ހުށަހަޅާ ފޯމުތަކަށް ބަލައި އެންމެ ގިނަ ޕޮއިންޓް ލިބޭ މީހުންނަށެވެ. | ||
(ބ) | ދަނޑުބިމަށް އެދޭ ފަރާތްތަކަށް ޕޮއިންޓްދޭނީ ޖަދުވަލު 1 ގައިވާ ގޮތުގެ މަތިންނެވެ. | ||
(ޅ) | ދޫކުރަން ހަމަޖެހިފައިވާ ދަނޑުބިމުގެ އަދަދަށްވުރެ އިތުރަށް މީހުން ތިބިނަމަ ފުރަތަމަ ދަނޑު ދޫކުރެވޭނީ އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތްތަކަށެވެ. އަދި އެންމެ ފަހު ދަނޑު ދޫކުރުމަށް އެކަކަށްވުރެ ގިނަ މީހުންނަށް ޕޮއިންޓް އެއްވަރަކަށް ލިބިއްޖެނަމަ، ދަނޑު ދޫކުރާނެ ފަރާތެއް ކަނޑައަޅާނީ އެމީހުންގެ ހާޒިރުގައި ގުރުއަތު ލައިގެންނެވެ. | ||
ފީ ދެއްކުން | (ހ) | ދަނޑުވެރިކަމުގެ ފީގެ ގޮތުގައި ކޮންމެ ދަނޑަކުންވެސް މަހަކު 100/- ރުފިޔާ (އަކަފޫޓަކަށް ދެ ލާރި) ކައުންސިލަށް ދަންކަންވާނެއެވެ. | |
(ށ) | ދަނޑުވެރިކަމުގެ ފީ ކޮންމެ މަހަކު 10 ވަނަ ދުވަހުގެ ކުރިން މި އިދާރާއަށް ދަންކަންވާނެއެވެ. 10 ވަނަ ދުވަހުގެ ފަހުން ފީ ބަލައިގަނެވޭނީ ފާއިތުވާ ކޮންމެ މަހަކަށް 10/- ރުފިޔާގެ ޖޫރިމަނާއާއި އެކުގައެވެ. | ||
(ނ) | ފީ ދެއްކުމަށްފަހު ދަނޑުވެރިޔާގެ އެދުމުގެ މަތިން ދަނޑު ވަކި ކުރިކަމުގާ ވިޔަސް ކުރިއަށް ދައްކާފައިވާ ފީ އަނބުރާ ނުލިބޭނެއެވެ. | ||
(ރ) | ފީ ދައްކާފައިވަނިކޮށް ކައުންސިލުން ދަނޑު ވަކި ކުރާނަމަ، ވަކި ކުރާމަހުން ފެށިގެން ކުރިއަށް ދައްކާފައިވާ ފީ އަނބުރާ ދަނޑުވެރިޔާއަށް ދޭންވާނެއެވެ. | ||
ދަނޑު ވަކިކުރުން | އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެއްޖެ ނަމަ ދަނޑު ވަކި ކުރެވިދާނެއެވެ. | ||
(ހ) | ދަނޑުވެރިކަން ކުރުމަށް ދޫކުރެވިފައިވާ ބިމުގައި އެ ފަރާތަކުން އެކަށީގެންވާ ގޮތުގައި ދަނޑުވެރިކަން ކުރަމުންނުދާކަމަށް ކައުންސިލަށް ފެނުން | ||
(ށ) | ވިދިވިދިގެން 3 މަހު ފީ ނުދެއްކުން، | ||
(ނ) | ކޮންމެ ދަނޑެއްގެ ވަށައިގެންވާ މަގުގެ 2/1 ސާފުކޮށް ނުބެލެހެއްޓުން، | ||
(ރ) | މި ރަށުގައި ހިމާޔަތްކުރެވިފައިވާ އެއްވެސް ބާވަތެއްގެ ގަހެއް ދަނޑުވެރިކަމުގައި ބޭނުން ކުރުން، ހިމާޔަތް ކުރެވިފައިވާ ގަސްތަކުގެ ލިސްޓެއް ޖަދުވަލު 2 ގައިވާނެއެވެ. | ||
(ބ) | ދަނޑު ދޫކުރެވިފައިވާ މީހަކު އެހެން ރަށަކަށް ދިރިއުޅުން ބަދަލު ކުރުން | ||
(ޅ) | ދަނޑު ދޫކުރެވިފައިވާ ފަރާތް މަރުވުން |
މާނަ ކުރުން
މި އުސޫލު ފާސްކުރީ 24 މާރޗް 2015 ވަނަ ދުވަހު ބޭއްވި މި ކައުންސިލުގެ ދެވަނަ ދައުރުގެ 51 ވަނަ ބައްދަލުވުމުގައެވެ.
ޖަދުވަލު 1 |
ހޯނޑެއްދޫއިން ދަނޑުވެރިކަން ކުރުމަށް ބިން ދޫކުރުމަށް ޕޮއިންޓްދެވޭނެ އުސޫލު | |
ހޯނޑެއްދޫ ގައި ދިރިއުޅޭނަމަ | 20 ޕޮއިންޓް |
އުމުރުން 65 އަހަރު ނުފުރޭނަމަ | 10 ޕޮއިންޓް |
ވަޒީފާއެއް އަދާ ކުރާ މީހަކު ކަމުގައި ނުވުން | 10 ޕޮއިންޓް |
ދައުލަތުން އެއްވެސް އިނާޔަތެއް ލިބޭ މީހަކު ކަމުގައި ނުވުން | 10 ޕޮއިންޓް |
އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ކުރާ މީހަކު ކަމުގައި ނުވުން | 10 ޕޮއިންޓް |
ބަލަން ޖެހިފައިވާ މީހުންގެ އަދަދު ކޮންމެ މީހަކަށް ( މިބަޔަށް ގިނަވެގެން ދެވޭނީ 20 ޕޮއިންޓް) | 05 ޕޮއިންޓް |
އަނބިމީހާ ނުވަތަ ފިރިމީހާއަށް ދަނޑެއް ލިބިފައިނުވާނަމަ | 10 ޕޮއިންޓް |
އިދެ ވަރިކޮށްފައިވާނަމަ ނުވަތަ އަނބި/ފިރި މަރުވެފައިވާނަމަ | 10 ޕޮއިންޓް |
މި އުސޫލު ފާސްކުރީ 25 ފެބްރުއަރީ 2016 ވަނަ ދުވަހު ބޭއްވި މި ކައުންސިލުގެ ދެވަނަ ދައުރުގެ 85 ވަނަ އާއްމު ބައްދަލުވުމުގައެވެ.
ޖަދުވަލު 2 |
ހިމާޔަތްކުރެވިފައިވާ ގަސްތައް
މި ލިސްޓް ފާސްކުރީ 24 މާރޗް 2015 ވަނަ ދުވަހު ބޭއްވި މި ކައުންސިލުގެ ދެވަނަ ދައުރުގެ 51 ވަނަ އާއްމު ބައްދަލުވުމުގައެވެ.